ގަމު ކައުންސިލް ބައި-އިލެކްޝަންގެ ކެންޑިޑޭޓު ނަންބަރުތައް ތަރުތީބު ކޮށްފި

އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގަމު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތައް ތަރުތީބު ކޮށްފިއެވެ.

ހުސްވެފައިވާ ގަމު ކައުންސިލްގެ ގޮނޑިއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރ ތަރުތީބު ކުރުމަށް ގުރުއަތު ނެގުން އޮތީ މިއަދު 14:00ގައި ލ.ގަމު ކައުންސިލް އިދާރާގައެވެ. އެގޮތުން ކެންޑިޑޭޓު ނަންބަރު 1 ލިބުނީ ޕީ.އެންސީގެ ކެންޑިޑޭޓު ލ.ގަން ސްޕީރިއަރވިލާ ޢަލީ ނަޝީދަށެވެ. އެމް.ޑީ.ޕީ އިން ވާދަ ކުރައްވާ ކެންޑިޑޭޓު، ލ.ގަން ޖައޮޒާ، އަފްޞަލް ޖައުފަރަށް ލިބުނީ ކެންޑިޑޭޓު ނަންބަރ 2 އެވެ. މި ދެ ބޭފުޅުންނަކީ ވެސް ނިމިދިޔަ ސަރުކާރުގައި ސިޔާސީ އިސް މަޤާމު ފުރުއްވާފައިވާ ދެ ބޭފުޅުންނެވެ. ޢަލީ ނަޝީދު ހުންނެވީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރގެ މަަޤާމުގައެވެ. އަފްޞަލް ޖައުފަރު އަދާ ކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރމަންޓު، ކުލައިމެޓު ޗޭންޖު އެންޑު ޓެކުނޮލޮޖީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރއެއްގެ މަޤާމެވެ.

ގަމު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިޢުލާން ކުރީ ގަމު ކައުންސިލްގެ ކުރީގެ ނައިބުރައީސް ޢަބުދުﷲ ޢާޞިފް ކައުންސިލް މެމްބަރ ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Subbunaaa
Subbunaaa
2 years ago

Ministry of environment climate change and technology senior executive director? Ae magaameh kamehves alhugandah miadhu mi engunee. Alhugandu heekuree MP ge right hand kamah 🥲