މާބައިދޫ އާއި ގަން ސެމީ އަށް
Maabaidhoo aai Gan Semi ah

މިހާރު ކުރިއަށްދާ ވީއޭއެމް ރާއްޖެ ސުޕަ ލީގުގައި ލ. ގަން އަދި ލ. މާބައިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަމުން ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި އައްޑޫ ސިޓީ އަތުން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މުބާރާތުގައި ގަމުން ކުޅުނު ފުރަތަމަ މެޗުގައި ށ. ފުނަދޫ އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ޖެހިގެން އައި ދެވަނަ މެޗުގައި ކ. މާފުށި އަތުން ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އައްޑޫ ސިޓީ އަތުން މޮޅުވެ، ގަން ސެމީ އަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ އައްޑޫ ސިޓީއާ ދެކޮޅަށް ގަމުން ކުޅުނު މެޗުގެ ސެޓުތައް ދިޔައީ25-15، 25-15 އަދި 15-25 އިންނެވެ.
މާބައިދޫ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު މާލެ ސިޓީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
މި މުބާރާތުގައި މާބައިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި ކ. ހުރާ އަތުން ވަނީ 3-2 ސެޓުން ބަލިވެފަ އެވެ. އެކަމަކު ޖެހިގެން ކުޅުނު މެޗުގައި ދ. މާއެނބޫދޫގެ މައްޗަށް 3-1 ސެޓުން ކުރިހޯދި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-11، 25-10 އަދި 25-07 އިންނެވެ.
މި ނަތީޖާއާއެކު ސެމީ ފައިނަލުގައި މާބައިދޫ އިން ނުކުންނާނީ ށ. ފުނަދޫއާ ދެކޮޅަށެވެ. އަދި ސެމީގައި ލ. ގަމުން ނުކުންނާނީ ކ. ހުރާއާ ދެކޮޅަށެވެ.




