ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ގަމުގެ ކޮންމެ އަވަށަކަށް އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ!

Kula gadhakoh faahaga kurumah gamuge konme avashakah eh lahka vure gina ruffiyaa!

ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ލ.ގަމުގައި އީދު ފާހަގަކުރުމަށް ގަމުގެ ކޮންމެ އަވަށަކަށް އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފިއެވެ.

ލ.ގަމު ކައުންސިލުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް، އަވަށްތަކުގައި ޢީދު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރަށުގެ ހަތަރު އަވަށަށް ވަނީ އެއްލައްކަ ފަންސާސްހާސް ހަވާލުކޮށްފައެެވެ. ގަމު ކައުންސިލުން ވަނީ މި ޢީދަކީ ކުލަގަދަ ޢީދަކަށް ހެދުމަށް، އަވަށްތަކުގެ ޢީދު ކޮމެޓީތަކުން ކުރައްވާ ބުރަމަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މިއަހަރު ގައުމީ ފެންވަރުގައި ގަމުގައި އީދުފާހަގަކުރާއިރު، ގަމުގެ އަވަށްތަކުން ދަނީ އީދަށް ތައްޔާރުވަމުންނެވެ.

ގަމު ކައުންސިލުން ވަނީ އީދާ ދިމާކޮށް ގަމު ކައުންސިލްގެ ބައިބަލާ ޗެލެންޖު ބޭއްވުމަށް ވެސް ނިންމާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިބަލާ ކުޅުންތެރިން ބައިވެރިވާނެއެވެ. ބައިބަލާ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދުގެ ފުރަތަމަ ރޭގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted