ގަމު ރީޖަނަލް ހޮސްޕިޓަލް އިން ކުރިއަށް ގެންދިޔަ ހިތާނީ ކޭމްޕު ކާމިޔާބާއެކު ނިންމާލައިފި

Gamu regional hospital in kuriah gendhiya hithaanee camp kaamiyaabu kamaa eku ninmaalaifi

މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް އާއި ލާމު ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ލާމު ގަމު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ “ޚިތާނުކޭމްޕް 2026” ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ހަފްތާއަކަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސްގެ ސީނިއަރ 2 ސާޖަނުން ބައިވެރިވެ ޖުމްލަ 75 ކުދިން ވަނީ ޚިތާނުކޮށްފައެވެ.

މި ކޭމްޕްގައި ޚިތާނުކުރުމަށް ލ. އަތޮޅުގެ އެކިރަށްތަކުން ޖުމްލަ 83 ކުދިން ރަޖިސްޓަރ ކުރި ނަމަވެސް އެކި ސަބަބުތަކާހުރެ ބައެއް ކުދިންނަށް އެ ފުރުސަތު  ލިބިފައި ނުވާކަން  މޯލްޑިވްސް އެސޯސިއޭޝަންސް އޮފް ސާރޖަންސް އިން ވަނީ ފާހަގަކޮށްފައެވެ.

ލ. ގަމު ކައުންސިލް އަދި ގަމުރީޖަނަލް ހޮސްޕިޓަލުން ބުނީ  މިއީ އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަ ކޭމްޕެއް ކަމަށެވެ.

ދިވެހި ސާޖަނުންގެ އެސޯސިއޭޝަނުން ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ހިލޭސާބަހަށް ހިންގާ ހަރަކާތްތަކުގައި އެ އެސޯސިއޭޝަންގެ މެމްބަރުން ބައިވެރިވާނެ ކަން ވަނީ ހާމަކޮށްފައެވެ.

މި މަހު 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި ހިތާނީ ކޭމްޕުގެ މެއިން ސްޕިންސަރ އަކީ ގަމު ކައުންސިލްވެ. ގަމު ކައުންސިލްގެ ފަރާތުން ހިތާނީ ކޭމްޕް އަށަ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ.

މި ކޭމްޕުގައި ކޭމްޕުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސްގެ ފަރާތުން ހަރަކާތްތެރިވެފައިވަނީ ޑރ މުހައްމަދު ވަހީދު އަދި ޑރ އަބްދު ﷲ އުބައިދުއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments