ގެދޮރު އެޅުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ބީއެމްއެލް އިން ލޯނު ދޫކުރަނީ

Gedhoru elhumah 3 million rufiyaa aa hama ah rahunakaa nulaa BML in loanu dhookuranee

ގެދޮރު އެޅުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ނިންމައިފާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒި ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ އަތޮޅުގެ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ. ރައީސް ވިދާޅުވީ ގެދޮރު އެޅުމަށް ހުރިހާ ރަށެެއްގެ ރައްޔިތުންނަށް 3 މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާ ނުލައި ލޯނު ދޫކުރަން ބީއެމްއެލް އިން ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ލޯނުގެ ފުރުސަތަށް ހުޅުވާލާނެ ކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.ދި ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ‎ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted