ލާމު އަތޮޅު ހިމެނޭހެން ރިސޯޓުތައް މަދު އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލަނީ

Laamu atoll himeneyhen resort thah madhu atoll thah tourism ah hulhuvaalanee

ލާމު އަތޮޅު ހިމެނޭހެން ރިސޯޓުތައް މަދު އަތޮޅުތައް ޓޫރިޒަަމަށް ހުޅުވާލާނޭކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވައުދުވި ފަދައިން ކުރިން މާބޮޑު ރިސޯޓް ތަރައްގީއެއް ނެތް އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ފުރުސަތު ހުޅުވާލާނޭކަމަަށެވެ. ޓޫރިޒަމަށް ހުޅުވާލުމަސް ނިންމާފައިވާ އަތޮޅުތަކުގެ ތެރޭގައި ލާމު އަތޮޅާއި، ހއ އަތޮޅާއި، ހދ އަތޮޅާއި، ށ އަތޮޅުގެ އިތުރުން އައްޑޫ ހިމެނެއެވެ.

ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އިންވެސްޓަރުންނަށް ހާއްސަ ލުއިތައް ދީގެން ކަމަށާއި މަގުތަކާއި ޓްރާންސްޕޯޓްގެ އިތުރުން އާއްމު ހިދުމަތްތައް ވެސް ތަރައްގީ ކުރާނެ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލު މިއަންނަ ހަފްތާ ޓޫރިޒަމް މިނިސްޓްރީއިން އިއުލާނުކުރައްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted