ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 10،000 މީހުން އެބަ ތިބި: އެންޑީއޭ

Raahjeygai masthuvaa thakethi beynun kuraa 10,000 meehun eba thibi:NDA

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ  10،000 އެއްހާ މީހުން އެބަތިބިކަމަށް އެންޑީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޑީއޭއިން މައުލޫމާތުދިން ގޮތުގައި، އެ 10،000 މީހުނެގެ ތެރޭގައި ކުޑަކުދިންނާއކ، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

އެންޑީއޭ އިން ބުނީ މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ބޮޑު އަދަދެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތި ވަބާގައި ޖެހިފައި ތިބި މީހުން އެބަތިބި ކަމަށެވެ. އެހެން ކަމުން ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ބޮޑެތި މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަން ވެސް އެންޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓަވައި، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ވެސް އެންޑީއޭ އިން ދަނީ ކުރަމުންނެވެ.  އެންޑީއޭ އިން ވަނީ ސަރުކާރުން މިކަމަށް ވަރަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކޮށްފައެވެ.

މިހާރު ރާއްޖޭގައު ނުވަ ރިހެބިލިޓޭޝަން މަރުކަޒު ގާއިމްކޮށްފައިވާއިރު، ރައީސް މުއިއްޒު ވަނީ ލ އަތޮޅައި ނ އަތޮޅުގަްި ވެސް ރިހެބިލިޓޭަޝަން މަރުކަޒެއް ގާއިމްކުރުމުގެ  މަސައްކަތް ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments