ރިޔާސީ ބަޔާން އިއްވާތީ ފެބްރުއަރީ 5 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
Riyaasee bayaan ihvaathee februaary 5 vana dhuvas bandhu!

ރައްޔިތުންގެ މަޖިލީސްގެ ހުޅުވާ ޖަލްސާ މިއަންނަ މަހުގެ ފެބްރުއަރީ 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ އެ އަހަރުގެ ދައުރު ފަށަން ޖެހޭނީ ފެބްރުއަރީ މަހުގައެވެ.




