މުޅި ރާއްޖެއަށް ހުޅުވާލައިގެން ގަމުގައި ބައިބަލާ މުބާރާތެއް ބާއްވަނީ

Mulhi raajje ah hulhuvaalaigen gamugai Baibalaa mubaaraatheh baahvany

މުޅި ރާއްޖެއަށް ހުޅުވާލައިގެން ލ.ގަމުގައި ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ބޮޑު އީދުގައި މި މުބާރަތް ބާއްވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ، ރޭ ކުރިޔަށްދިޔަ އީދު ބައިބަލާ ޗެލެންޖްގެ ފައިނަލް މެޗު ފެށުމުގެ ކުރިންނެވެ. އެގޮތުން، މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި މުބާރާތުގައި ބައިވެރިވުމަށް މާލޭގެ ޓީމުތަކަށްވެސް ވަނީ ދައުވަތުދީފައެވެ.

ލ.އަތޮޅަކީ ބައިބަލާގެ ފުންނާބު އުސް ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އަތޮޅެކެވެ. އެގޮތުން، މިއަހަރުގެ މުބާރާތުގައިވެސް ލ.އަތޮޅު ގިނަ ކުޅުންތެރިންތަކެއް ފެނިފައިވާއިރު، ޗެމްޕިއަން ޓީއެފްޓީ ގައިވެސް ލ.އަތޮޅު ކުޅުންތެރިން ވަނީ ތަފާތު ދައްކާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted