ޗާގޯސް ވާހަކަ ރައީސް ދެއްކެވީ އިންތިޚާބު ބޯމަތި ވެފައި އޮތުމުން :ޔާމީން
Chargos vaahaka raees dhehkevee inthikhaabu boamathi vefau othumun: yaameen

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ތާ ދެ އަހަރު ދުވަސް ފަހުން ‘ ޗާގޯސް’ މައްސަލައިގެ ވާހަކަ ދެއްކެވީ، އިންތިޚާބު ބޯމަތިވެފައި އޮތުމުން،ރައްޔިތުންނަށް ދަޅަ ދެއްކުމަށް ކަމަށް ކުރީގެ ރައީސް އަބްދު الله ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ސިޔާސީ ޕާޓީ ކަމުގައިވާ، ޕީއެންފްގެ ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެކުނުގެ ކަނޑުގެ ސަރަހައްދު ހޯދުމަށް މި ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ޔާމީން ވިދާޅުވީ މި މައްސަލއާ ގުޅިގެން ރައީސް މުއިއްޒު ނިންމެވި ނިންމުން ބަލައެއް ނުގަނެވޭ ކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ ރައީސް އަކީ ކުޅޭ ކުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
މީގެއިތުރުން، ރައީސް މުއިއްޒުގެ މަސައްކަތްޕުޅަކީ އޮފްދާރުކުރުން ކަމަށާއި، ރައީސް ދެއްކެވި ވާހަކަފުޅަކީ އިހްތިލާސްތެރިކަމެއް އޮވެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށްވެސް ޔާމިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް އެމަނިކުފާނު ނިންމަވާ ފައިވާ ކަމަށެވެ.




