56 އެމްބިއުލާންސް ރަށްތަކަށް ފޮނުވައިފި
56 ambulance rahthakah fonuvaifi

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމަގެ ދަށުން ރާއްޖެ ގެނައި، އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވައިފިއެވެ.
އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުނިން 56 އެމްބިއުލާންސް ރަށްތަކަށް ފޯރުކޮށްފީފައިވާއިރު، އެއް އެމްބިއުލާންސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެމްބިއުލާންސް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލް އިން، ޖަނަވަރީ މަހު 17 ވަނަ ގައި ފަށާފައިވާއިރު،އެމްޕީއެލް އިން ވަނީ މިމަހު 14ގައި އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމާފައެވެ.
އެމްޕީއެލް އިން ބުނީ،އެމްބިއުލާންސް ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މައުލޫމާތު، އެކުންފުނީގެ މެކޭނިކަލް ޓީމުން ހޮސްޕިޓަލްތަލާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ހަމަމިއާއެކު، މިހާރު ބޭނުންކުރަމުންދާ އެމްބިއުލާންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް ވެސް އެމްޕީއެލް އިން ވަނީ އެހީތެރިވެފައެވެ.
އެކުންފުނިން ބުނީ،، ސާރވިސް ކޮންޓްރެކްޓް ހަދައި، އެމްބިއުލާންސްތައް ސަރވިސްކުރުމާއި ބޭނުންވާ ސްޕެއަރ ޕާޓްސް، ފޯރުކޮށްދިނުމަށްވެސް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.




