ފަހު 10 ގައި ބޭންކު ހުޅުވާނީ އެންމެ ދެ ދުވަހު: ބީއެމްއެލް
Fahu 10 gai bank hulhuvaanee enme dhe dhuvahu:BML

މިއަހަރުގެ ރޯދަމަހުގެ ފަހު10 ގައި ބޭންކް އޮފް މޯލްޑިވްސް އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަށް އާންމުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، ފަހު10 ގައި ބްރާންޗުތަކުން ހިދުމަތް ދޭނީ އެންމެ ދެ ދުވަހު ކަމަށެވެ. އެއީ މިމަހުގެ11 ވަނަ ދުވަހާއި،18 ވަނަދުވަހެވެ. މި ދެ ދުވަހުގައި ބޭންކު ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލް އިން ވަނީ އިއުލާނުކޮށްފައެވެ.
ބީއެމްއެލް އިން ބުނީ ބުރާންޗުތައް ބަންދުވި ކަމުގައިވިއަސް، އޮންލައިންކޮށް ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އަދި އޭޓީއެމްގެ ހިދުމަތްތައް ވެސް ބަރާބަރަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް އިން ވަނީ6 ރޯދައިގެ ތެރޭގައި ބުރާންޗުތައް ހުޅުވާނެ ގަޑިތައް ވެސް އާންމުކޮށްފައެވެ.
އެގޮތުން، ޝައްވާލު މަހުގެ ފުރަތަމަ6 ދުވަހުގައި ބޭންކު ހުޅުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.




