ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ
Laamu atholhugai RTL Ferry ge hidhumai maadhamaa fashanee

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް މާދަމާ އެ އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ލ. އަތޮޅުގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ޚިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޓީސީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ރައްޔިތުންނަށް އަމާޒުކޮށްގެން ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
އާރްޓީއެލްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ފާފު އަތޮޅާއި ދާލު އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ އެއް ނިޒާމަކުން ގުޅާލުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގެ 133 ރަށެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ވަނީ ފަށާފައެވެ.



