އިސްދޫ-ކަލައިދޫ އަދި ދަނބިދޫގައި ފެނާއި ނަރުދަމާ ބަދަލުކޮށް، ހިތަދޫގައި ނަރުދަމާގެ ނުނިމި ހުރި މަސައްކަތް ކުރަނީ
Isdhoo- Kalaidhoo adhi dhanbidhoogai fenaai narudhamaa badhalukoh, Hithadhoo gai narudhamaa ge nunimi huri masakkaiy kuranee

ލާމު އިސްދޫ-ކަލައިދޫ، އަދި ދަނބިދޫގައ މިހާރު ހުރި ފެނާއި ނަރުދާމާގެ ނިޒާމު ބަދަލުކޮށް، އައު ގްރެވިޓީ ނަރުދަމާނިޒާމެއް ގާއިމުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންސް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.
އެ މިނިސްްޓްރީ އިން ބުނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
- ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްކުރުން
- ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން
- ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން
- ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުމި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުަސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.
މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.




