ލ. މާމެންދޫ ކައިރީ ފަރަކަށް އަރައި ”އުދަރެސް“ ބޯޓު ބަންޑުން ޖަހާލައިފި

L maamendhoo kairee farakah arai "Udhares" boat bandun jahaalaifi

ލ. މާމެންދޫ ކައިރިއަށް ގދ. ފިޔޯރީ ”އުދަރެސް“ ބޯޓު ބަންޑުން ޖަހާލައި، އަޑިއަށް ގޮސްފިއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި މި ބޯޓު ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު 01:25 ހާއިރު ލ. އޮޅުވެލި ކައިރި ފަރަކަށް އެރުމުގެ ސަބަބުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ޖުމްލަ 13 މީހުން ތިއްބެވެ.

ބޯޓުން ދަތުރުކުރި 12 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 10 ބިދޭސީންނެވެ. މީގެ ތެރެއިން އެއް ބިދޭސީއަކު ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައިވާއިރު، ބާކީ ތިބި 11 މީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގެ ރިސޯޓަކުން ދިޔަ ދޯންޏަކުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ހުރި ގިނަ އަދަދެއްގެ މުދާ އޮޔާދަމުންދާތީ، އެ ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments