ގަމުގައި އަންހެނުންނަށް ޚާއްޞަ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވަނީ
Gamugai anhenunnah haassa heyluntherikurumuge session eh baahvanee

ގަން ރީޖަނަލް ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް އަދި ލ. ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، ރަށުގެ އަންހެނުންނަށް ޚާއްޞަ ހޭލުންތެރިކުރުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ރޭ 20:00 އިން 21:00 އަށް، ލ. ގަމު ”ގުރަހަ ހޯލް“ ގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ބަރުދަން އިތުރުވުމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވާނީ އައި.ޖީ.އެމް.އެޗްގެ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރުންގެ ޓީމަކުންނެވެ.
މި ސެޝަނަކީ އަންހެނުންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވޭނެ ބައްދަލުވުމަކަށް ވާތީ، ވީހާވެސް ގިނަ އަންހެން ކަނބަލުން މި ސެޝަންގައި ބައިވެރިވުމަކީ އިންތިޒާމުކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.




