ދެވަނަ ބުރުގެ ނަތީޖާ: މާވަށު ޑަބްލިއުޑީސީ މެންބަރުކަމަށް ޝަފިއްޔާ!
Dhevana burugre natheeja: Maavashu WDC member kamah Shafiyya!

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފިއެވެ.
ދެވަނަ ބުރު ބޭއްވީ5 ދާއިރާއެއް އިންތިހާބުކުރުމަށެވެ. އޭގެތެރޭގައި ލާމު މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުން ހިމެނެއެވެ. އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓަކާއި، ޕީއެންސީ ފަރާތުން ވާދަކުރި ކެނޑިޑޭޓުގެ ވޯޓު ވަނީ ފުރަތަމަ ބުރުގައި އެއްވަރުވެފައެވެ.
ދެވަނަ ބުރު ބާއްވައިގެން އެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީ ކެނޑިޑޭޓް ފާތިމަތު ޝަފިއްޔާއެވެ، ޝަފިއްޔާ އެ ގޮނޑި ކާމިޔާބުކޮށްފައިވަނީީ 563 ވޯޓާއެކުގައެވެ. އެމްޑީޕީ ކެނޑިޑޭޓް މާއިޝާ އަށް ލިބުނީ، 545 ވޯޓެވެ.ޕީއެންސީ އިން ވަނީ ދެވަނަ ބުރުގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއިން އެއް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އަމިއްލަ ކެނޑިޑޭޓަކު ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.




