ހިތަދޫއިން މަސް ހިފަން ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ!
Hithadhoo in mas hifan feybi zuvaanaku maruvefai ohvaa fenijje!

ލ. ހިތަދޫ އިން މަސް ހިފަން ފޭބި 21 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މަސް ހިފަން މޫދަށް ފޭބީ 21 އަހަރުގެ ޒުވާނާއާއި، 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.
އެ ޒުވާނާ މަރުވީ، މަހަކަށް ބަޑި ޖަހައިގެން، ބަޑީގެ އިން ރޮދި އަތުގައި އޮޅިގެން މައްޗަށް ނާރައި ގިނައިރު ވުމުން ކަމަށް މައުލޫމާތު ލިބެއެވެ. އެކީގައި، މަސް ހިފަން ދިޔަ ކުއްޖާ، ރަށު މީހުންނަށް މައުލޫމާތު ދީގެން އެ ސަރަހައްދަށް ދިޔައިރު އެ ޒުވާނާ އޮތީ މަރުވެފައެވެ. މަައުލޫމާތު ލިބޭގޮތުގައި، މަރުވި ޒުވާނާ މޫދުން ނެގީ، ރޮއްޖަށް ދަމާ ނުނެގިގެން، ވަޅިއަކުން އެ ބުރިކޮށްލައިގެންނެވެ.




