ގަމު ޑަބްލިއުޑިސީ ހޭންޑްބޯޅަ މުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަނީ

Gamu WDC handball mubaaraaiy host kohdheyne faraatheh hoadhanee

ލ.ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ބުނީ، މިކަަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ26 ވަނަ ދުވަހު14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮތީ މިމަހުގެ30 ވަނަ ދުވަހު13:00 ގައެވެ. ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކޮށްގެން ލިބޭނެއެވެ.

ބީލަން ހުށަހެޅުން އޮތީ ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެެވެ.  އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ދާ ފަރާތްތަކަށް  ބައިވެރި ނުވެވޭނެ ކަމަށާއި، ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅެނެ ކަމަށް ގަމު ކައުންސިލުގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާޒިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments