އެކްސިޑެންޓްގައި އަނިޔާވީ 68 އަހަރުގެ ފިރިހެނަކަށް، ހާލު ސީރިއަސް!

Accident gai aniyaavee 68 aharuge firihenakah, haalu seriou!

ގަމުގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓްގައިއަނިޔާވީ އުމުރުން 68 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލް އިން މައުލޫމާތު ދީފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ހަންނާނަ އަބްދުލް ރަހީމް ވިދާޅުވީ، އެެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލް އިން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވި މީހާގެ ނޭފަތުންނާއި  ކަންފަތުން ވަރަށް ބައިވަރު  ލޭ އަންނަމުންދާ ކަމަށާއި، މިހާރު ލޭ މަނާ ކުރެވިފައިވާ ކަމަށް ހަންނާން ވަނީ  ވިދާޅުވެފައެވެ.

ހަންނާން ވިދާޅުވީ،  މި އެކްސިޑްންޓް ކޭސް އައިޖީއެމްއެޗްގެ ނާރުގެ ޑޮކްޓަރ ނިޔާފް އާއި މަޝްވަރާކޮށްފައިވާ ކަމަށާއި، އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މަޝްވަރާ ދީފައިވާ ކަމަށެވެ.

އެކްސިޑެންޓްގައިގެއްލުންވިމީހާ އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ މާލެ ގެންގޮސްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted