އައު ކައުންސިލަރުންގެ ހުވާ ކުރުން މިއަންނަ މަހު 17 ގައި!

Councilerunge huvaa kurun mianna may mahu 17 gai!

ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން މަގާމާއި ހަވާލުވުމަށް އިގުރާރުގައި ސޮއިކުރުމަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތީރިޓީން ބުނީ،5 ވަނަ ދައުރަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމަށް ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 17 ވަނަ ދުވަހުގައެވެ.

މީގެއިތުރުން، މެންބަރުން ހުވާކޮށް، ސޮއިކޮށް ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. ހަމަމިއާއެކކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން، އިގުރާރުގައި ސޮއިކުރުން ނިމުމާއެކު، އެ ކޮމެޓީގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެލްޖީއޭ އިން ވަނީ މައުލޫމާތު ދީފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަކީ އެ ކޮމިޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ މަގާމަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެލްޖީއޭއިން ހާމަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން ކޮމިޓީތަކުގެ ހިންގުން ކުރިއަށްވުރެ ބާރުވެ، ރަށްރަށުގައި އަންހެނުންގެ ކުރިއެރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments