ފޮނަދޫ ބަނދަރުގައި މުދާ ޖަހައި ބްލޮކްކޮށްފައި އޮތުމުން ބޮޑެތި އުނދަގޫތަކެއް!

Fonadhoo bandharugai mudhaa jahaa block koffai othumun bodethi undhagoothakeh!

އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުންދާ ފޮނަދޫ ބަނދަރުގެ ބޮޑު ސަރަހައްދެއްގައި މުދާ ޖަހާފައި ހުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވެ، ޝަކުވާ ބޮޑުވެއްޖެއެވެ.

ބަނދަރުގެ ބޮޑު ބައެއް ބްލޮކްވާ ގޮތަށް ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރުމުގެ ސަބަބުން، ބަނދަރަށް ކައިރިކުރާ އުޅަނދުފަހަރަށް މުދާ އެރުވުމާއި ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ފޮނަދޫ ބަނދަރަކީ އަތޮޅުގެ ދަތުރުފަތުރުގެ މައި ހަބަކަށް ވާއިރު، މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަނދަރު ބަންދުވެފައި އޮތުމަކީ އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މިކަމާ ގުޅޭގޮތުން “ލާމު އެމްވީ” އާއި ވާހަކަ ދެއްކި ލޯންޗު ދަތުރުކުރާ ފަރާތަކުން ބުނީ، ބަނދަރުގެ އެއްފަޅީގައި އާންމުންގެ ކުދި ލޯންޗުފަހަރު އަޅާފައި އޮންނައިރު، އަނެއް ފަޅި އޮންނަނީ ރަސްމީ ބޭނުންތަކަށް ހާއްސަކޮށްފައި ކަމަށެވެ. އަދި އާންމުކޮށް ބަނދަރަށް ކައިރިކުރާ ދޯނިފަހަރުވެސް ބިތަށް ބާއްވާފައި އޮންނައިރު، މިހާރު ބާކީ އޮތް ތަންކޮޅުވެސް މުދާ ޖަހާ ބަންދުކޮށްފައި އޮތުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. “މިއަށްވުރެ ފަސޭހަވާނެ ގޮތަކަށް މިކަން ކުރެވެން ވާނެ،” އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ، ބަނދަރު ސަރަހައްދުގައި އެ ގޮތަށް ޖަހާފައިވަނީ އަތޮޅުގެ އެކި ރަށްރަށަށް ސަޕްލައި ކުރަމުންދާ މެޓީރިއަލްތަކެއް ކަމަށެވެ. އަދި މިހާރު އެ ތަކެތި އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments