ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Raees ge high acheivers scholarship aai high acheivers scholarship ah kurimathilumuge furusathu hulhuvaalaifi

މިދިޔަ އަހަރު އޭލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްދޭ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
  • ރައީސްގެ ސްކޮލާޝިޕް: މި ފުރުޞަތު ލިބެނީ އޭލެވެލްގެ 5 މާއްދާއިން ’A*‘ ހޯދާފައިވާ ދަރިވަރުންނަށެވެ. މި ސްކޮލާޝިޕްގެ ދަށުން ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
  • ހައި އެޗީވާސް ސްކޮލާޝިޕް: މި ފުރުޞަތު ލިބެނީ މަދުވެގެން 5 މާއްދާއިން ’A‘ ގްރޭޑް ހޯދާފައިވާ ދަރިވަރުންނަށެވެ. މި ސްކޮލާޝިޕްގެ ދަށުން ރާއްޖެ، ސާކް ޤައުމުތައް، މެލޭޝިއާ، ތައިލެންޑް ނުވަތަ ފިލިޕީންސް އިން ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުޞަތު އޮންނާނީ މިއަހަރުގެ ނިޔަލަށެވެ.ދަރިވަރުން ފޯމު ހުށަހަޅަންޖެހޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ”މައިއެޑިޔު“ (myEdu) ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކޮލާޝިޕްތަކަކީ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ ނުވަތަ ރާއްޖޭގެ ގަދަ 10 އެއްގައި ހިމެނޭ ފާހަގަކޮށްލެވޭ މޮޅު ދަރިވަރުންނަށް ސަރުކާރުން ދެއްވާ އެންމެ ޝަރަފުވެރި ފުރުޞަތުތަކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޤާބިލު ޖީލެއް ބިނާކުރުމަށްޓަކައި، މާލީ ދަތިކަމެއް ނެތި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted