ހަފުތާ ބަންދުގައި މޫސުން ގޯސް: ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ!

Hafuthaa bandhugai moosun goas: Vai gadha ve kanduthah ves gadha vaane!

ކުރިއަށް އޮތް ހަފުތާ ބަންދަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، މި ހަފުތާ ބަންދުގެ ތެރެއިން ހުކުރު ދުވަހަށްވުރެ ބޮޑަށް ހޮނިހިރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. މީގެ އިތުރުން، އެ ދުވަހު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި،

އިދާރާއިން ލަފާކުރާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ސަރަހައްދުތަކަށް ވައިގެ ބާރުމިން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށްވެސް މެޓް އިން ލަަފާކުރެއެވެ.އެ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނައިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.މިއަދަކީ (8 މޭ 2026) ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް ކަމަށްވާ “ކެތި” ނަކަތުގެ ތިންވަނަ ދުވަހެވެ. މި ނަކަތް އާންމުކޮށް ފެށެނީ މޭ މަހުގެ 6 ވަނަ ދުވަހު ކަމަށްވާއިރު، މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގަދަ ވައިގެ އަސަރުތައް ބޮޑަށް ފެންނަން ފަށާ ދުވަސްވަރެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments