ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގަމު ކައުންސިލުން ޚާއްޞަ ކޮމެޓީއެއް އެކުލަވާލަނީ
Bodu eid kula gadhakoh faahagakurumah gamu council in haahsa committe eh ekulavaalanee

ލ. ގަމުގައި މިއަހަރުގެ ބޮޑު އީދު ރަށު ފެންވަރުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، އެކަން އިންތިޒާމުކުރާނެ ޚާއްޞަ ކޮމެޓީއެއް އެކުލަވާލުމަށް ގަން ކައުންސިލުން ނިންމައިފިއެވެ.
ގަމު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، 1447 ވަނަ އަހަރު އަޟްހާ އީދު ރަށުފެންވަރުގައި ފާހަަގަކުރުމަށް އެކައުންސިލްގެ ފަރާތުން ކުރިއަށްގެންދިއުމަށް ރޭވިފައިވާ، ހަރަކާތްތައް ރާވާ ހިންގުމުގައި، “އީދުކޮމިޓީ” ނަމުގައި ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. މި ކޮމެޓީގައި ތުނޑި، އާބާދު ސަރަހައްދު މަތިމަރަދޫ އަދި މުކުރިމަގުން4 މީހުން މެންބަރުންގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ގަމު ކައުންސިލުން ބުނީ، މި ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 14 ވަނަ ދުވަހު 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިއުލާނާއެކު އޮންލައިން ފޯމުވެސް ގަމު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.




