ގަމު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ރައްޔިތުންނަށް ދައުވަތު ދީފި

Gamu councilorun huvaa kurumuge rasmihyaattghah rayyithunnah dhauvathu dheefi

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ލ. ގަމު ކައުންސިލަށް ހޮވުނު މެންބަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގަމުގެ ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު17 ގައެވެ. އެލްޖީއޭ އިން ހާމަކުރިގޮތުގައި މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ރަށުގެ ސަރުކާރުގެ މުއައްސަސާތަކަށާއި، ކުލަބު ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް މިހާރު ވަނީ ފޮނުވާފައެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުން މަޤާމުގެ ހުވާކުރުމުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުންވެސް އޮންނާނެއެވެ. ލޯކަލް ކައުންސިލްތަކުގެ އައު ދައުރުގެ ފުރަތަމަ ބައްދަލުވުންވެސް ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު އެ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސް ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted