އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރާ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

LGA muvahzaffun civil service ah badhalu kuraa bill raees thasdheegu kurahvaifi

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަށް ގެނެވުނު މައިގަނޑު އިޞްލާޙުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.ލޯކަލް ކައުންސިލްތައް ބަލަހައްޓާ އެލް.ޖީ.އޭގެ ހިންގުން ހަރުދަނާކުރުމަށް ގެނައި އިޞްލާޙުގައިވާ ގޮތުން، މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގެ އިސްވެރިޔަކީ އޮތޯރިޓީގެ ސީ.އީ.އޯއެވެ. އަދި ބޯޑުގެ ލަފަޔާއެކު އެކުލަވައިލާ މަގާމުތަކުގެ އޮނިގަނޑު ފާސްކުރަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރައްވައި ގެޒެޓްކުރުމާއެކު މިހާރު ވަނީ ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

މިގޮތުން 30 ދުވަހުގެ ތެރޭގައި އެލް.ޖީ.އޭއިން އޮނިގަނޑު ހަދައި ސީ.އެސް.ސީއަށް ހުށަހަޅަންޖެހޭއިރު، އެ ކޮމިޝަނުން 15 ދުވަހުން އެ ފާސްކުރަންޖެހެއެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު ނިންމަންޖެހެއެވެ. މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ކުނި މެނޭޖްކުރުން މިހާރު ވަނީ ކައުންސިލްތަކުގެ މަޖުބޫރު ޚިދުމަތްތަކުގެ ތެރޭގައި ހިމަނާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted