ހާލު ދެރަވި އެމްއެންޑީއެފް އޮފިސަރު ނިޔާވެއްޖެ

Haalu dheravi MNDF officer niyaavehje

ވ އަތޮޅަށް ފީނަން އުޅުނު ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމަށް،  އެމްއެންޑީއެފް ކުރިއަށްގެންދާ އޮޕަރޭޝަންގެ  ތެރެއިން ޑައިވިން އަށް ފޭބި  އޮފިސަރު ނިޔާވެއްޖެެއެވެ.

އެ ފަތުރުވެރިން ހޯދުމަށް އެ ސަރަހައްދު ހޯދުމަށް ފީނަން ފޭބި  އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަހުދީއަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ޑައިވަރެކެވެ. އޭނާ ވަނީ ނުރައްކާތެރި މާހައުލުތަކުގައި އެތައް ހާސް ފަހަރަކު ފީނައި، ތަޖުރިބާ ހޯދާފައެވެ. އަދި ޚާއްޞަ އޮޕަރޭޝަނެއްގައި 70 މީޓަރުގެ ފުނަށް އޭނާ ފީނާފައިވާ ކަމަށްވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.

މަހުދީ މަރުވީ 60 މީޓަރު އަޑީގައިވާ ކޭވް ތެރޭގައި ހާލު ދެރަވެގެން މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ‘ޑިކޮމްޕްރެޝަން ސިކްނަސް’ (އަޑީގެ ޕްރެޝަރަށް ދިމާވާ ސިއްހީ މައްސަލައެއް) ގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފްގެ ޑައިވަރުން އާންމުކޮށް ފީނަނީ 50 މީޓަރުގެ ފުނަށެވެ. ނަމަވެސް މި ހާދިސާ ހިނގި ކޭވް ހުރީ 55 އިން 60 މީޓަރަށްވުރެ ފުނުގައެވެ.

މަހުދީއަކީ ހޭންޑްބޯޅަ  އަދި ބާސްކެޓްބޯޅަ ހިމެނޭހެން ކުޅިވަރުގައި ވެސް ފާހަގަކޮށްލެވޭ ޝަހުސިއްުޔަތެކެވެ. މަހުދީ އަކީ ހޭންޑްބޯޅަ މުބާރާތްތަކަށް ލާމު އަތޮޅަށް ވެސް ޒިޔާރަތްކުރާ ބޭފުޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments