ތެޔޮ ބާޖުން މޫދަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ!
Theyo barge in moodhah feybi meehaa fenijje!

ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި،މަރުވެފައި އޮއްވާ ފެނުނީ،ކ.ގުރައިދޫ, ރަތްވިލާގެ އިބްރާހިމް ޝާކިރު, 48, އެވެ.ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެންއެންޑީއެފް އިން ބުނީ،އުމުރުން 48 އަހަރުގެ ދިވެހި މި ފަޅުވެރިޔާ މޫދަށް ފޭބި ފަހުން ޚަަބަރެއް ނުވެގެން، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބިފައިވަނީ، މޭ 21ވަނަ ދުވަހުގެ 18:25ގައި ކަމަށެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައަކަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ،މި ފަޅުވެރިޔާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް މިއަދު 08:25 ހާއިރު ހުޅުމާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮންނަ ވޯޓަރ ފެންސުގެ އަޑިން ކަމަށެވެ.
ފަޅުވެރިޔާ ހޯދުމަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީގެ، ރެސްކިޔު ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.




