ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކިޑްނީގެ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރެއް ބަލަން ފަށަނީ

L. Gamu Regional Hospital ga mulhin alah kidney balithakuge haassa Dr eh balan fashany

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ދޭން ފެށުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު ރިޔާޒެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި، ޑރ. ރިޔާޒް ބަލިމީހުން ބަލަން ފެށުމަށް ހަމަޖެހިފައިވަނީ 09 ޖޫން 2026 އިން ފެށިގެންނެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަކީ 2015 ވަނަ އަހަރުން ފެށިގެން ކިޑްނީ ބަލިމީހުންނަށް ޑައިލިސިސްގެ ޚިދުމަތް ދެމުން އަންނަ ތަނެކެވެ. ނަމަވެސް، މިހާތަނަށް ކިޑްނީގެ ޚާއްޞަ ޑޮކްޓަރަކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެއް ނުވެއެވެ. މި އައު ޚިދުމަތާއެކު، އަތޮޅުގެ ގިނަ އަދަދެއްގެ ޑައިލިސިސް ބަލިމީހުންނަށާއި ކިޑްނީގެ އެކި މައްސަލަތައް ހުންނަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 00:00 އާ ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެޕޮއިންޓްމަންޓް ހެއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 6800026 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން އިރުޝާދު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted