ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް 352 ބައިވެރިން މާފިލާފުއްޓަށް ފުރައިފި

Dhivehi vathanee hidhumathuge thamreenah 352 baiverin maafilaafuttah furaifi

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ބައިވެރިން، ތަމްރީނު ފުރިހަމަކުރުމަށްޓަކައި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު، ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން މިއަދު ތަމްރީނަށް ފުރާފައިވާ ކަމަށެވެ. މިއީ ނޭޝަނަލް ސާވިސް ޓްރޭނިންގެ ތިންވަނަ ބެޗެވެ.

ޅ. މާފިލާފުށީގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނާ ބެހޭގޮތުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑާޝިޕް، އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށެވެ.

”އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު،“ ރައީސް ވިދާޅުވިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންނަކީ ގައުމަށް ލޯބިކުރާ، އަދަބު އަޚްލާގު ރަނގަޅު، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments