ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފި

Paypal ge khidhumai miadhu raajje ah tha'arafkofi

ދިވެހިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންއައި ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިދޭ މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޚިދުމަތް ރާއްޖޭގައި ދޭނީ ޕޭޕަލްއާއި އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ.މި ޕާޓްނަޝިޕަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބިގަތުމުގެ ލައިސެންސް އޫރިދޫ ފިންޓެކް މޯލްޑިވްސް އަށް ދީފައެވެ. މި ލައިސެންސް ހަވާލުކުރީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.ޕަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޕޭމެންޓް ޕްލެޓްފޯމެވެ. ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށް އަވަސް އަދި ރައްކާތެރި ގޮތެކެވެ. މި ޚިދުމަތް ބޭނުންކޮށްގެން 200 އަށް ވުރެ ގިނަ މާކެޓުގައި މިލިއަނެއް ހައި އޮންލައިން ފިހާރައިން ވިޔަފާރި ކުރެވެއެވެ.މި ޚިދުމަތް ފެށުމުން ދިވެހި ވިޔަފާރިތަކާއި ފްރީލާންސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤުތިޞާދުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments