އަންނަ ހަފްތާއިން ފެށިގެން އެސްޓީއޯއިން ފިޔާ ހޯލްސޭލް ކުރަން ފަށަނީ
Anna hafthaain feshigen STO in fiya wholesale kuran fashanee

އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން މިކަން ހާމަކުރީ ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯއިން ވިދާޅުވީ، ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި ފިޔާ ވިއްކާ އަގު އުފުލެމުންދާކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ކުންފުންޏަށް މަޢުލޫމާތު ލިބެމުން އަންނަކަމަށެވެ. ނަމަވެސް، ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެސްޓީއޯއިން ފިޔާ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
އަގުތަކާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ ފިޔާ ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުންދިޔަ އަގުގައި ކަމަށެވެ. އެގޮތުން އެސްޓީއޯގައި ފިޔާ ކިލޯއެއްގެ އަގު މިހާރު ހުރީ 13 ރުފިޔާއަށެވެ. މިއީ ބާޒާރުގެ އެހެން ފިހާރަތަކާ އަޅާބަލާއިރު ހެޔޮ އަގެކެވެ.
މީގެއިތުރުން، އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފެށުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިއާއެކު ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވި، އާންމުންނަށް ލިބޭ އަގު ހެޔޮވެގެންދާނެ ކަމަށް ބެލެވެއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ފިޔާ ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޔާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެގެންދާނެއެވެ.




