ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

Raaje etherekuran ulhunu 5,600 vape cartridge athulaigenfi

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ ކަސްޓަމްސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން މިދިޔަ ބުދަ ދުވަހުއެވެ. މި ތަކެތި ފެނިފައިވަނީ ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 5،600 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ. މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މީގެ އިތުރުން، މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަނެއްގައި ވެސް 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. މިއީ ރާއްޖެއަށް ޤާނޫނާ ޚިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments