ރޭސިން އެސޯސިއޭސަން އޮފް މޯލްޑިވްސް އިން ލ ގަމުގައި ރޭސިން މުބާރާތެއް ބާއްވަނީ
racing association of maldives in l gamugawi racing mubaaraatheh bavvanee

ލ. ގަމުގައި ”ރާސް ޗެމްޕިއަންޝިޕް ލ. އެޑިޝަން“ ބޭއްވުމަށް ތައްޔާރުވެއްޖެ
ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރާސް) އާއި ލ. ގަން ޕޮލިސް ގުޅިގެން، ލާމު އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހާއްސަ ރޭސިން މުބާރާތެއް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.
”ރާސް ޗެމްޕިއަންޝިޕް ލ. އެޑިޝަން“ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ ލާމު އަތޮޅުގައި މޮޓޯސްޕޯޓްސް ކުރިއަރުވައި، އެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އެކަމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، މިއީ ލ. މޮޓޯސްޕޯޓްސް، ލ. ގަން ކައުންސިލް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު ބޭއްވޭ މުބާރާތެކެވެ. ރޭސިން އެސޯސިއޭޝަނުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން، ރައްކާތެރި މާހައުލެއްގައި ރޭސިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ.
މިއީ ލާމު އަތޮޅުގެ ޒުވާނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބޭނެ ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.




