ދިވެހި ސާފު ލީގު ބޮޑީބޯޑިން މުބާރާތުގެ ކުއާޓާ ފައިނަލުން އައުޓްރީފް ސްޕޯޓްސް ކުލަބުގެ 4 ބައިވެރިން ޖާގަ ހޯދައިފި
Dhivehi Surf league body boarding mubaaraathuge quater finalun outreef sports club ge 4 baiverin jaaga hoadhaifi

ދިވެހި ސާފު ލީގު ބޮޑީބޯޑިން މުބާރާތުގެ ކުއާޓާ ފައިނަލުން އައުޓްރީފް ސްޕޯޓްސް ކުލަބުގެ 4 ބައިވެރިން ޖާގަ ހޯދައިފި
މިހާރު ކުރިއަށްދާ ”ދިވެހި ސާފު ލީގު 2026“ ބޮޑީބޯޑިން މުބާރާތުގެ ކުއާޓާ ފައިނަލުން އައުޓްރީފް ސްޕޯޓްސް ކުލަބުގެ ހަތަރު ބައިވެރިއަކު ޖާގަ ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގައި އައުޓްރީފް ސްޕޯޓްސް ކުލަބުގެ ފަރާތުން ވާދަކުރި އެތުލީޓުންގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރި ހަތަރު ބައިވެރިންގެ ތެރޭގައި، މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ޖާވިދު އަޝްވާން ހިމެނެއެވެ. ޖާވިދުގެ އިތުރުން ދެން މި ބުރުން ޖާގަ ހޯދި ފާހަގަކޮށްލެވޭ އެތުލީޓަކީ ނިފާޒް އިނާސް އެވެ. މި ދެ އެތުލީޓުންގެ އިތުރުން އެ ކުލަބުގެ އިތުރު ދެ ބައިވެރިއަކު ވަނީ މޮޅު ކުޅުމަކަށްފަހު ގަދަ އަށެއްގެ ތެރެއިން ފުރުސަތު ހޯދާފައެވެ.
ރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތަކީ ދިވެހި ސާފް ލީގުގެ ކަލަންޑަރުގައި ހިމެނޭ މުހިންމު މުބާރާތެކެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ މި މުބާރާތް ބަލަމުންނެވެ.
މި މަހު ކުރިއަށްދާ މި ބޮޑީބޯޑިން މުބާރާތް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗުތަކާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުއެވެ. އައުޓްރީފް ސްޕޯޓްސް ކުލަބުގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި އެ ކުލަބަށް ހޯދައިދިނުމެވެ.




