މިދިޔަ މަހު އާއިލާއާއި އިޖުތިމާޢީ ވުޒާރާއަށް 269 މައްސަލަ ހުށަހަޅައިފި

Midhiya mahu aailaa aai ijthimaaee vuzaaraa ah 269 mahssala husha alhaifi

މިދިޔަ މެއި މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ޖުމްލަ 269 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 81 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 38 ފިރިހެން ކުދިންނާއި 43 އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. ތަފްސީލަށް ބަލާއިރު، ޖިންސީ އަނިޔާގެ 25 މައްސަލަ، އިހުމާލުވުމުގެ 19 މައްސަލަ، އަދި ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާ އާއި، ހަނގާކުރުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރާ އެކި ކަހަލަ ގޯނާގެ މައްސަލަތައް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އަޚުލާޤީ މައްސަލަތަކުގެ ގޮތުގައި 44 މައްސަލައެއް ހުށަހަޅާފައިވާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 36 މައްސަލައެއް ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އާއިލީ މައްސަލަތަކުގެ ގޮތުގައި 30 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އެހެނިހެން ބާވަތުގެ 58 މައްސަލައެއް ވެސް މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައި ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ މަހު ވަނީ 3 ކުއްޖަކު އަނބުރާ އާއިލާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. އަދި އެއް ކުއްޖަކު ފޯސްޓަރ ކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މިނިސްޓްރީގެ ހެލްޕްލައިންތަކަށް މިދިޔަ މަހު 3000 އަށްވުރެ ގިނަ ކޯލު ލިބިފައިވާއިރު، މީގެ ތެރެއިން 71 ކޯލަކީ ކުޑަކުދިން އަމިއްލައަށް ގުޅައިގެން އެކި މައްސަލަތައް ހިއްސާކޮށްފައިވާ ކޯލުތަކެއްކަން ފާހަގަކުރެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments