ގަމު ކައުންސިލުގެ 7 ވަނަ ބައްދަލުވުމުގައި މުހިންމު 3 ނިންމުމެއް ނިންމައިފި

Gamu councilge 7 vana bahdhaluvumugai muhinmmu 3 ninmumeg ninmaifi

ހައްދުންމަތީ ގަމު ކައުންސިލްގެ ފަސްވަނަ ދައުރުގެ 07 ވަނަ ޢާންމު ބައްދަލުވުން 25 ޖޫން 2026 ގައި ބާއްވައި، ރަށުގެ ތަރައްޤީއާއި އިޖުތިމާޢީ ކަންކަމާ ގުޅޭ މުހިންމު ތިން ނިންމުމެއް ނިންމައިފިއެވެ.

މި ބައްދަލުވުމުގައި ނިންމި ކަންކަމުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ކުރިއެރުމުގެ އިތުރުން ބިމުގެ ބޭނުން ހިފުމާ ގުޅޭ ކަންކަން ހިމެނެއެވެ.

ތަޢުލީމީ އަދި އިޖުތިމާޢީ ނިންމުންތައް

މި ބައްދަލުވުމުގައި ނިންމި އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެދިފައިވާ ގޮތުގެ މަތިން، މަތިމަރަދޫ ސްކޫލާއި ޕްރީސްކޫލް އިމާރާތުގެ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރުމެވެ. މީގެ އިތުރުން، މުކުރިމަގު އަވަށުގައި ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، މުކުރިމަގު ޕްރީސްކޫލް އިމާރާތް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ކައުންސިލުން ވަނީ އިޤުރާރުވެފައެވެ.

ބިމާ ގުޅޭ ނިންމުންތައް ރިވިއުކުރުން

ކައުންސިލްގެ ފަސްވަނަ ދައުރުގެ ކުރީގެ ނިންމުމެއް ކަމަށްވާ އެޖެންޑާ ނަންބަރު 2026/05/05 ގެ 4.2 ވަނަ ނިންމުން މުރާޖަޢާކުރުމަށްފަހު، މަތިމަރަދޫ ބައު އިންޖީނުގޭ ބިމުގެ މުއްދަތު 15 އަހަރު ދުވަހަށް އިތުރުކުރުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މި ނިންމުންތަކަކީ ރަށުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments