އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ތަރައްގީގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށް

Isdhoo, kalaidhoo adhi dhanbidhoo thrahaqeege mashroouthah baarudhuveleegai kuriah

ލ. އަތޮޅުގެ އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކޮށްފިއެވެ.

މި މަޝްރޫއުތަކަކީ އެ ރަށްރަށުގެ އިޖުތިމާއީ އަދި ސިއްހީ ފުރުސަތުތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

އިސްދޫ އަދި ކަލައިދޫގެ މަޝްރޫއުތައް

އިސްދޫ-ކަލައިދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ދެވަނަ ޝިޕްމަންޓް މިހާރު ދަނީ އިސްދޫ ބަނދަރަށް ބާލަމުންނެވެ. މި މަޝްރޫއަކީ އެ ސަރަހައްދުގެ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ މަޝްރޫއެކެވެ. މީގެ އިތުރުން އިސްދޫ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ އާ ޓާފް އެޅުމުގެ މަސައްކަތެވެ.

ދަނބިދޫގެ ތަރައްގީގެ މަސައްކަތްތައް

ދަނބިދޫގައި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު، އެ ރަށުގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި ދަނބިދޫގައި ގާއިމުކުރާ ޕޮލިސް އިމާރާތުގެ ތަނބުތައް ޖެހުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފެށިގެން ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއުތައް ކުރިއަށްގެންދަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚުތަކަށް މި މަސައްކަތްތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމެވެ. މި މަޝްރޫއުތަކާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments