ލ.އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފަކަށް މަރްޔަމް ޙަފީޡާ ހޮވިއްޖެ.

ލ.އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފަކަށް އެ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ މަރްޔަމް ޙަފީޡާ ހޮވުނުކަން އިޢުލާނު ކުރީ ރޭގައި ލ.ފޮނަދޫގައި ބޭއްވި އެ ކައުންސިލްގެ ތިން ވަނަ އަހަރީ ހަފްލާގައެވެ.
ލާމަސީލު މުވައްޒަފު ހޮވުމުގެ އިތުރުން ލާމަސީލު ސަޕޯޓު ސްޓާފާއި، ލާމަސީލު ސަޕޯޓު އޮފިސަރުން ހޮވުން ވެސް މި ޙަފްލާގައި އޮތެވެ. އަދި ދިގު މުއްދަތަށް ލ.އަތޮޅު ކައުންސިލަށް ޚިދުމަތް ކޮށްދެއްވި މުވައްޒަފުންނަށް ޚިދުމަތުގެ ރަން ފިލާ އެރުވުމާއި މުވައްޒަަފުންގެ ޙާޟިރީގެ ރަންގަޑި އާއި ރިހި ގަޑި އެވޯޑު ދިނުން ވެސް މި ހަފްލާގައި އޮތެވެ.
2023 ވަނަ އަހަރުގެ ލާމަސީލު ސަޕޯޓު ސްޓާފުން ގޮތުގައި ހޮވުނީ ކައުންސިލް އެސިސްޓެންޓް މުޙައްމަދު ރަޝީދާއި ކައުންސިލް އެސިސްޓެންޓް އާމިނަތު ޢަބުދުﷲއެވެ. ލާމަސީލު ސަޕޯޓު އޮފިސަރުންނަށް ހޮވުނީ ސީނިއަރ ކައުންސިލް އޮފިސަރ މޫނިސާ ޖައުހަރީ އާއި އެސިސްސްޓެންޓް ކައުންސިލް އޮފިސަރ ޢަބްދުﷲ ޝަރީފް ޢަލީއެވެ.
ލ.އަތޮޅު ކައުންސިލަށް އެއް ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްގެން ”ޚިދުމަތުގެ ރަން ފިލާ“ ލިބުނީ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ޢާއިޝަތު ޢިލްމުއްނިސާ އާއި އެސިސްްޓެންޓް ކައުންސިލް އެގްޒެކްޓިވް މުަހައްމަދު ޒާހިރާއި، އެސިސްްޓެންޓް ކައުންސިލް އޮފިސަރ މުހައްމަދު ޙަސަނާއި އެސިސްްޓެންޓް ކައުންސިލް އޮފިސަރ އިބްރާހީމް ޝާކިރާއި އެސިސްސްޓެންޓް ކައުންސިލް އޮފިސަރ ޢަބްދުﷲ ޝަރީފް ޢަލީ އަށެވެ.
މުވައްޒަފުންގެ ޙާޟިރީގެ ”ރަން ގަޑި އެވޯޑު“ ހާސިލް ކުރީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އާމިރާއި، އެސިސްްޓެންޓް ކައުންސިލް އެގްޒެކްޓިވް މުަހައްމަދު ޒާހިރާއި، ސީނިއަރ ކައުންސިލް އޮފިސަރ މޫނިސާ ޖައުހަރީ އާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޙަފްޞާ ޢަލީ އާާއި، އެސިސްސްޓެންޓް ކައުންސިލް އޮފިސަރ ޢަބްދުﷲ ޝަރީފް ޢަލީ އާއި ، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޒުލްފާ އަޙްމަދާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢާއިޝަތު ނާދިޔާ އާއި، ކައުންސިލް އެސިސްޓެންޓް އާމިނަތު ޢަބުދުﷲ އާއި ކައުންސިލް އެސިސްޓެންޓް ޚަދީޖާ އަަަަޙްމަދު އިބްރާހީމެވެ. “ ރިހި ގަޑި އެވޯޑު“ ލިބުނީ ކައުންސިލް އެގްޒެކްޓިވް ޙުސައިން ޙަބީބަށެވެ.
މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި އެވޯޑުތައް ޙަވާލު ކޮށްދެއްވައި މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ލޯކަލް ގަވަރމަންޓު އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ.މަރްޔަމް ޒުލްފާއެވެ.