އާޖެންޓީނާ ނޭވާހޮޅިއަށް ނޭޅި ސަލާމަތްވީ ކިރިޔާ

Argentina Neyvaa Holhi Ah Neylhi Salaamai v kiriyaa

ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ މެޗުގައި އިތުރު ވަގުތު ކުޅެގެން 3-2 ގެ ނަތީޖާއަކުން ކޭޕް ވާޑް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.

އެމެރިކާގެ މިޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޑަކުޑަ ކޭޕް ވާޑުން ދެއްކި ހިތްވަރުގަދަ ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި އެ ގައުމުން ވަނީ ދުނިޔޭގެ ކުރީގެ ޗެމްޕިއަނުން ކަމަށްވާ، ސްޕެއިން އާއި އުރުގުއޭ ވެސް ހަިަފަހައްޓައިފަ އެވެ. މިހާރުގެ ޗެމްޕިއަނަށް ވެސް ބޮޑު ސިހުމަކުން ސަލާމަތްވުނީ ކިރިޔާ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފަ އެވެ.  މެޗުގެ 29 ވަނަ މިނެޓުގައި ލިސަންޑްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ލިއޮނަލް މެސީ ވަނީ ހިތްގައިމު ގޯލެއް ޖަހައި އެ ޓީމަށް ލީޑް ނަގއި ދީފަ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި މެސީ ޖެހި 20 ވަނަ ގޯލެވެ.

އާޖެންޓީނާ މެޗުން މޮޅުވި ގޯލު ފެނުނީ އިތުރު ވަގުތުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ 111 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކަށް އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ޑިފެންޑަރު ޑިނޭ ބޯޖަސްގެ ގައިގައި ޖެހިފައި ވަނީ ބައި ކޮޅަށެވެ.

ގަދަ 16 ބުރުގައި އާޖެންޓީނާ ނުކުންނާނީ މިސްރާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments