ގަދަފަދަ ފަރަންސޭސިން ހަނިގޮތަކަށް ޕެރަގުއޭ އަތުން މޮޅުވެއްޖެ
Gadha fadha farance Hanigothakah paraguay athun molhuvejje

ޕެރަގުއޭ އިން މޮޅަށް ޑިފެންސް ކުރި މި މެޗުގައި ފްރާންސަށް ޕެނަލްޓީއެއް ލިބުނީ ޑިއޭގޯ ގޮމޭޒް އޭރިއާ ތެރެއިން ޑިޒިރޭ ޑޫއޭ އަށް ފައުލް ކޮށްގެންނެވެ. ރެފްރީ މި ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއުއަށް ފަހު އެވެ.މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެކޯޑް 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ކުޅުނު މި މެޗުގައި، ފްރާންސް ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެޓީމުން ރަނގަޅު ފުރުސަތެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވި އިރު ދުރުން ފޮނުވާލި ހަމަލާތައް ވެސް ވަނީ ކާމިޔާބު ނުވެފަ އެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކުގެ ކުޑަ އިރުކޮޅެއް ކުރިން މެޗުގެ 70 ވަނަ މިނިޓުގައި ފްރާންސްގެ ޕެނަލްޓީ ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.
މި އަހަރުގެ ކުއާޓާ ފައިނަލްގައި، ބުރާސްފަތި ދުވަހުގެ ރޭ 1 ޖަހާއިރު ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.ފިލަޑެލްފިއާ (ޖުލައި 5) – ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން 1-0 އިން ޕެރަގުއޭ ބަލިކޮށް ފްރާންސް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.




