ބޯހިޔާވަހިކަމުގެ މަޢުލޫމާތުދިނުމަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް ހަދައިފި
Boahiyaavahikamuge mauloomaathu dinumah viber community thakeh hadhaifi

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ބިންވެރިޔާ ސްކީމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް އިފްތިތާޙްކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތާއި ”ބިންވެރިޔާ“ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް މި ކޮމިއުނިޓީތަކާ ގުޅުމަށް އިލްތިމާސްކުރާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 4 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާފައެވެ.
މި ކޮމިއުނިޓީތަކުގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތިނެއް ކޮމިއުނިޓީއެއް ހިމެނެއެވެ. އެއީ:
- ”ބިންވެރިޔާ ހުޅުމާލެ“ ވައިބަރ ކޮމިއުނިޓީ
- ”ބިންވެރިޔާ ގުޅިފަޅު“ ވައިބަރ ކޮމިއުނިޓީ
- ”ބިންވެރިޔާ ގިރާވަރުފަޅު“ ވައިބަރ ކޮމިއުނިޓީ
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ އާންމު މަޢުލޫމާތުތަކަށް ޚާއްސަކޮށްގެން ”ބޯހިޔާވަހިކަން އެންމެންނަށް“ ނަމުގައިވެސް ވައިބަރ ކޮމިއުނިޓީއެއް ވަނީ ހަދާފައެވެ.
މި ކޮމިއުނިޓީތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސަރުކާރުން ނިންމާ ނިންމުންތަކާއި، ގޯތިތަކާ ގުޅޭ އިދާރީ މަސައްކަތްތަކުގެ ތަފްސީލު ވަގުތުން ވަގުތަށް ބެލުންތެރިންނަށް ލިބިގެންދާނެއެވެ.




