ލ.އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފަށައިފި
Laamu atholhugai primary health care programe fashaifi

އަސާސީ ޞިއްޙީ ޚިދުމަތް އާލާކުރުމުގެ ޤައުމީ މަޝްރޫއުގެ ދަށުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ. އަތޮޅުގައި ފަށައިފިއެވެ. ލ. އަތޮޅަކީ މި ޕްރޮގްރާމް ރާއްޖޭގައި ފެށި 18 ވަނަ އަތޮޅެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަތުމަށްފަހު، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.
މުވައްޒަފުން ތަމްރީނުކުރުމާއި މަޝްރޫއުގެ އެހީތެރިކަން
ޞިއްޙީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން، ލ. އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ދަނީ ހިންގަމުންނެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، އަސާސީ ޞިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ފުޅާކުރުމެވެ.
މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރިސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކްގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
ޕޭޝަންޓް ރިކޯޑުތަކާއި ގޭގެއަށް ޒިޔާރަތްކުރުން
މި ޕްރޮގްރާމުގެ ދަށުން ޢާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް ނުވަތަ މެޑިކަލް ހިސްޓްރީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ރިކޯޑުގައި އެމީހަކު މިހާތަނަށް ކޮށްފައިވާ ބޭސްފަރުވާގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެއިތުރުން ޞިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
<blockquote class=“twitter-tweet“><p lang=“en“ dir=“ltr“>L. Atoll becomes the 18th atoll to roll-out the Primary Health Care Revitalization Initiative. <br>As the first step, healthcare workers from health facilities across L. Atoll are participating in a training program aimed at strengthening community health services and enhancing the… <a href=“https://t.co/sf0YcEczbT“>pic.twitter.com/sf0YcEczbT</a></p>— Ministry of Health, Family and Welfare (@MoHmv) <a href=“https://x.com/MoHmv/status/2074376537999323284?ref_src=twsrc%5Etfw“>July 7, 2026</a></blockquote> <script async src=“https://platform.x.com/widgets.js“ charset=“utf-8″></script>
ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން
ޞިއްޙީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވައި، އަވަހަށް ބަލި ދެނެގަތުމަކީ މުހިންމު ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ މި ނިޒާމަކީ ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ. މި މަސައްކަތުގެ ތެރެއިން ”ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް“ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް މިހާރު ވަނީ އިފްތިތާޙް ކޮށްފައެވެ.




