ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު 6 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

Vahkamuge mahssala thakugai gehlunu 6 lakka ahvure gina rufiyya fulhun hoadhaifi

މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަޙައްދުގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މި މަޢުލޫމާތު ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ފުލުހުން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިންގި ތަޙުޤީޤުތަކުން ޖުމްލަ 611,416 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި ނަގުދު ފައިސާގެ އިތުރުން، ވަގަށް ނަގާފައިވާ ތަކެއްޗާއި އެ ތަކެތީގެ އަގުވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުން އެންމެ ގިނަ ފައިސާ ހޯދި

މި މުއްދަތުގެ ތެރޭގައި އެންމެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން އެކަނިވެސް 233,881 ރުފިޔާ އަނބުރާ ހޯދާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިއީ މިދިޔަ ހަފުތާގައި ހޯދި ޖުމްލަ ފައިސާގެ ބޮޑު ބައެކެވެ.

މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 6,297 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 1,798 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވައްކަމުގެ މައްސަލަތަކުގެ އިތުރުން، އެކްސިޑެންޓުގެ 1,589 މައްސަލައާއި މަސްތުވާތަކެތީގެ 1,151 މައްސަލަ މިއަހަރުގެ މިހާތަނަށް ވަނީ ރިޕޯޓުކޮށްފައެވެ. މުޖުތަމަޢުގައި ހިނގާ މިފަދަ ކުށްތަކާއި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments