ލ. އިސްދޫގެ މަލަމަތި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Laamu isdhooge malamathi tharahqee kurumuge amalee mashakai fashaifi

ލ. އިސްދޫގެ ރަށު މަލަމަތި ޒީނަތްތެރިކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިގެން ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.

އިސްދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢަކީ ރަށުގެ ރީތިކަން ދަމަހައްޓައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ މަލަމަތި ތަރައްޤީ ކުރުމުގެ އެކި މަރުހަލާތައް މިހާރު ދަނީ ބާރުމިނުގައި ކުރިއަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިސްދޫ ކަލައިދޫ ސައިޓުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އާރުޑީސީގެ ފަންނީ އަދި ވަސީލަތްތަކުގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށް ދިއުމަކީ މަސައްކަތް އަވަސްވެ، ފުރިހަމަވެގެންދާނެ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އިސްދޫ ކައުންސިލުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރަށުގެ ސޫރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ރަށުގެ މަލަމަތިން ފެންނަ މަންޒަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ އިދާރާއިން އުންމީދު ކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments