ކަލައިދޫގައި ޖަމާޢަތްތެރިކަމުގެ ޕްރޮގްރާމެއް ބާއްވަނީ

Kalaidhoogai jamaa'ai therikamuge programeg eh baahvanee

ލ. ކަލައިދޫ ކައުންސިލުން އިސްނަގައިގެން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި ގުޅިގެން ޖަމާޢަތްތެރިކަމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމަކީ އެ ރަށުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމަކީ ޖުމްލަ 10 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގެ ތެރެއިން ޖަމާޢަތްތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި އަމަލީ ތަމްރީނުތައް ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމާއެކު ޕޯނު ނަންބަރާއި އައިޑީ ކާޑުގެ ދެފުށުގެ ސާފު ފޮޓޯއެއް ހުށަހަޅަންޖެހެއެވެ. މި މަޢުލޫމާތުތައް 9992948 މި ނަންބަރަށް ވައިބަރ މެދުވެރިކޮށް ހިއްސާކުރުމަށް ކައުންސިލުން އެދިލައްވައެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 11 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ކައުންސިލުން ބޭނުންވަނީ ވީހާވެސް ގިނަ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފައި، ޖަމާޢަތްތެރިކަމުގެ ދާއިރާއިން ތަމްރީނު ހޯދުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments