މާމެންދޫ މަސްޖިދުއްސަބީލުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި
Maamendhoo masjidhulsabeel ge ceiling maraamaathukurumuge masahkai ninmaalaifi

ލ. މާމެންދޫ މަސްޖިދުއްސަބީލުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާމެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ނިމުމާ ގުޅިގެން މިރޭގެ ފަތިސް ނަމާދުން ފެށިގެން ޢާންމުކޮށް މިސްކިތުގައި ނަމާދުކުރުމަށް ހުޅުވައިލެވޭނެއެވެ.

މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމައިލުމުގައި ރަށުގެ މުއައްސަސާތަކުންނާއި ކްލަބު، ޖަމިއްޔާތަކާއި ޢާންމު ފަރުދުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން، އެ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށްޓަކައި ކައުންސިލުގެ ފަރާތުން ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.




