ލާމުގެ ތިން ރަށެއް ހިމެނޭހެން އާރްޑީސީގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ

Laamuge thin rasheh himneyhen RDCge PSIP mashroouthakah beynuvaa saamaanu fonuvanee

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގޭ ދަށުން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ފޮނުވަމުންދަނީ ލ. އިސްދޫ، ލ. މާބައިދޫ، ލ. ގަން، ތ. މަޑިފުށި، ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި މ. ކޮޅުފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ އިކުއިޕްމަންޓާއި އެކި ބާވަތުގެ ސާމާނުތައް ބާޖުތަކަށް ބަރުކޮށްގެން އެ ރަށްރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.

މިކަމާ ގުޅޭގޮތުން އާރްޑީސީން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މަސައްކަތްތައް އަވަސްކޮށް، ހުއްޓުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ އިތުރު ސާމާނާއި ވެހިކަލްތައް އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިސްކަންދީގެން ކުރަމުންދާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments