ގަމު މަތިމަރަދޫ ޕާކް ކެންޓީން ކުއްޔަށް ދޫކުރަން އަލުން އިއުލާނުކޮށްފި
Gamu mathimaradhoo park canteen dhookuran alun iulaanukohffi

ލ. ގަމު މަތިމަރަދޫ ޕާކް ކެންޓީން ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނުގެ މައޫލޫމާތު ކަރުދާހަށް އިތުރު ބަދަލުތަކެއް އައުމާ ގުޅިގެން، އެ އިޢުލާނު ބާތިލްކުރުމަށްފަހު އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިންނެވެ.
ގަމު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވާންޖެހެއެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް 7611515 ނަންބަރަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 03 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިނުވެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލަށް ހާޒިރުވެގެން ނުވަތަ 7611515 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.




